ރާއްޖެއާ ޔޫކޭގެ ގުޅުމަށް ނައިބު ރައީސްގެ ތަޢުރީފު
ދިވެހި ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދުގައިވަނީ ޒަމާންވީ ބަދަހި ގުޅުމެއްކަމަށާ މި ގުޅުން ބިނާވެގެންވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ އެކުވެރިކަމާ، އިތުބާރާއި، އަދި ދެ ޤައުމުން ބައިވެރިވާ، ދުނިޔޭގެ ޞުލްޙަ މަސަލަސްކަމާ ހަމަޖެހުމުގެ އަސާސްތަކުގެ މަތީގައި ކަމަށް ރައީސުލް ޖުމުހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ…











