ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ވައްކަމުގެ މައްސަލައަކާ ގުޅިގެން ފުލުހުން، މީހަކު ހޯދަން ފަށައިފިއެވެ. އެގޮތުން ފުލުހުން ބުނީ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، އަލީއާބާދު، އަހްމަދު މުހައްމަދު (33އ) އެވެ. އެހެންކަމުން އަހްމަދު މުހައްމަދާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، އެ މައުލޫމާތެއް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.









