ހައްޖު އަދި އީދު ދުވަހު މާލެ ސަރަަހައްދުގެ ސާމްޕަލް ނަގާ ސެންޓަރުތައް ބަންދުވާނެ
މިމަހުގެ 19 އަދި 20 ވަނަ ދުވަހު މާލެ ސަރަހައްދުގެ (މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ) ސާމްޕަލް ނަގާ ސެންޓަރުތައް ބަންދުވާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ. މިމަހުގެ ނަވާރަވާ ހޯމަ ދުވަހަކީ މިއަހަރުގެ ހައްޖު ދުވަހެވެ. އަދި ވިހިވާ އަންގާރަ ދުވަހަކީ އަޟްހާ އީދު ދުވަހެވެ. އެޗްޕީއޭއިން ބުނީ މި ދެ ދުވަހުވެސް މާލެ ސަރަަހައްދުގެ ކޮވިޑް ސާމްޕަލް ނަގާ ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އަދި ކޮންޓެކްޓްވެފައިވާ ފަރާތްތަކާއި ކަރަންޓީނުގައި ތިބި ފަރާތްތަކުގެ ސާމްޕަލް…