އައިއެމްއޯގެ މަންދޫބަކަށް އިރުތިޝާމްގެ ނަން
އިނގިރޭސިވިލާތަަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އައިއެމްއޯއަށް އިރުތިޝާމް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ އިއްވައި ނަން ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމެޓީއަށް ފޮނުވާފަ އެވެ. އައިއެމްއޯއަކީ ބައިނަލްއަގުވާމީ ކަނޑު ދަތުރުތަކުގެ ސަލާމަތާ ގުޅޭ ކަންތައްތައް ރެގިއުލޭޓް ކުރުމަށް އދ.…