100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި
ނ. މިލަދޫ ސޯސަންގެ މުހައްމަދު ނައުޝާދު އަނެއްކާވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރެވިއްޖެއެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި، އިސްގާޒީ އާދަމް މުހައްމަދު ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކުރައްވާފައެވެ. ބަންދު އަމުރުގެ ރިޕޯޓުގައިވާ ގޮތުން ނައުޝާދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. ނައުޝާދަކީ މީގެ ކުރިންވެސް 100 އަށްވުރެ ގިނަ ފަހަރު ކުދިކުދި ކުށްތަކުގައި ހައްޔަރުކުރެވި ބަންދުކުރެވިފައިވާ މީހެކެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ނައުޝާދަކީ މަސްތުވާތަކެއްޗާއި…