އަތޮޅުތެރެއިން މިއަދުވެސް 78 މީހުން ޕޮޒިޓިވްވި
އަތޮޅުތެރެއިން މިއަދުވެސް 78 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެއެވެ. މުޅިރާއްޖެއިން މިއަދު ޕޮޒިޓިވްވީ 115 މީހުންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 23 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 12 މީހުންނެވެ. މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 20 މީހުންނަށެވެ. ވޭތުވެދިޔަ ސައުވީސް ގަޑި އިރުގެ ތެރޭގައި ވަނީ 5573 ސާމްޕަލް ޓެސްޓްކޮށްފައެވެ. ރާއްޖެއިން މިހާތަނަށް 77،547 މީހުން ވަނީ މި ބައްޔަށް…