މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި އަންހެނަކާއި ދެ ފިރިހެނުން ހޯދަނީ
މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި އަންހެނަކާއި ދެ ފިރިހެނުން ހޯދަން ފުލުހުން އިއުލާންކޮށްފި އެެވެ. ފުލުހުން ބުނީ އެ ތިން މީހުން ހޯދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ތިންމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.…









