އޮފީސް ޓެލެޑްރާމާ މުބާރާތުގެ މުއްދަތު އިތުރުކޮށްފި
1446 ވަނަ އަހަރުގެ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މުބާރާތުގައި ބައިވެރިވުމަށް އެދި ގިނަ އޮފީސްތަކުން އެދެމުންދާތީ ކަމަށެވެ. މިއީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އެހެންކަމުން، މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ޖަނަވަރީ 2025…