ކޮވިޑާއި ގުޅިގެން ސިއްހީ އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަމަށް 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފި
ކޮވިޑާއި ގުޅިގެން ސިއްހީ އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަމަށް 3.9 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ. ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް19 ގުޅިގެން ސަރުކާރުން ކޮށްފައިވާ ހަރަދުތަކުގެ ޖުމުލަ އަދަދު ހަތަރު ބިލިއަނާ ގާތަށް ވަނީ އަރާފައެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑް-19 އާއި ގުޅުން ހުރި ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 2.1 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކޮށްފައިވާއިރު އިގްތިސޯދީ ކަންކަމަށް މި މުއްދަތުގައި 1.7 ބިލިއަން ވަނީ ހޭދަކޮށްފައެވެ.…