މަސްތުވާތަކެއްޗާއެކު އަނެއްކާވެސް އަންހެނަކު ހައްޔަރަށް
މަސްތުވާތަކެއްޗާއެކު މާލެ އިން އަނެއްކާވެސް އަންހެނަކު ހައްޔަރުކޮށްފި އެވެ. އަންހެން މީހާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހާފަ އެވެ. މި ފަހަރު ހައްޔަރު ކުރި އަންހެން މީހާއަކީ އުމުރުން 31 އަހަރުގެ މީހެކެވެ. މި އަންހެން މީހާގެ ބަންދު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ ވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާފަ އެވެ. އަދި އެ މީހާއަށް ފަރުވާ ބޭނުންވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.