ހިރިމަރަދޫ ސްކޫލަށް މިއަދުވެސް ދަރިވަރަކު ނުފޮނުވި، މިނިސްޓްރީން ޓީމެއް ފޮނުވައިފި
އިއްޔެ ފެށުނު ދިރާސީ އާ އަހަރާއިއެކު އިއްޔެއާއި މިއަދުވެސް ހދ. ހިރިމަރަދޫ ސްކޫލަށް ދަރިވަރަކު ހާޒިރު ނުވުމުން އެޑިއުކޭޝަން މިނިސްޓްރިގެ ޓީމެއް އެރަށަށް ގޮސްފި އެވެ.
އިއްޔެ ފެށުނު ދިރާސީ އާ އަހަރާއިއެކު އިއްޔެއާއި މިއަދުވެސް ހދ. ހިރިމަރަދޫ ސްކޫލަށް ދަރިވަރަކު ހާޒިރު ނުވުމުން އެޑިއުކޭޝަން މިނިސްޓްރިގެ ޓީމެއް އެރަށަށް ގޮސްފި އެވެ.
ވެކްސިންގެ ދެ ވަނަ ޑޯޒް މިއަދު ޖެހީ 1،668 މީހުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 787 މީހުންނާއި އަތޮޅު ތެރެއިން ދެ ވަނަ ޑޯޒް ޖެހި 881 މީހުންނެވެ. އިއްޔެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1،162 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 636 މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ޖެހި 526 މީޙުންނެވެ. މިހާތަނަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 287،599 މީހުންނެވެ.…
ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފި އެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ އަޑު އަހައިގެން ކަންކަން ކުރުމުން އެކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާލޭ ސިޓީގެ ތަރައްގީގެ ޕްލޭން ހެދުމަށް ބާއްވާ ބައްދަލުވުންތަކުގެތެރެއިން ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މޭޔަރ ވިދާޅުވީ، މިހާރު ފެށުމަށް ތައްޔާރުވަމުންދާ ބްރިޖް ހެދުމުގެ މަސައްކަތް ރައްޔިތުންގެ ހިޔާލަށް ހުށަހަޅާފައިނުވާކަމަށެވެ. އެހެންކަމުން މި މަޝްރޫއުގައި ވިލިމާލެއަށް އަތުވެދާނެ ބަދަލަކާމެދު ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ހާމަކުރައްވައި، ހާއްސަގޮތެއްގައި ވިލިމާލޭ އިންޑަސްޓްރިއަލް ސަރަޙައްދަށް ވެދާނެ…
ކޮވިޑް19 ދިފާއު ވެކްސިން ޖަހައިގެން ގޭގައި ތިބުމަށް ސްރީލަންކާ ސަރުކާރުން އިލްތިމާސްކޮށްފިއެވެ. ހަލުވިކަމާއެކު ސްރީލަންކާގައި ފެތުރެމުންދާ ޑެލްޓާރ ސްޓްރެއިންގެ ސަބަބުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ މީހުން އިތުރުވެ ގޮތް ނޭނގި މަރުވާ މީހުންވެސް އިތުރުވެފައިވާ ކަމަށް ސްރީލަންކާގެ ނޫސްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. އެހެންކަމުން އެގައުމުގެ ސަރުކާރުން ބުނެފައިބަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް 19ގެ ބަލިމަޑުކަމުން ގިނަ ބަޔަކު ސަލާމަތްވެފައިވާތީ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކޮންމެހެން…
އައްޑޫ ސިޓީގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހިއްސާ ކުރައްވައިފި އެވެ.
މަނާތަކެތި ޖަލަށްވެއްދުމުގެ މައްސަލަ ހައްލުވަންދެން އޮޕަރޭޝަންތައް ހިންގާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދާއި ހުސްވި ހަފްތާގައި އައްސޭރިޖަލާއި މާފުށީ ޖަލުގައި ވަނީ ކައިރިކައިރީގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެވިފައި ކަމަށެވެ. އެގޮތުން މިއޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަނާތަކެތި ވަނީ އަތުލާގަނެވިފައި ކަމަށްވެސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ. އަދި މިމައްސަލައަށް ދާއިމީ ހައްލު ހޯދެންދެން، އަވަސްއަވަހަށް އޮޕަރޭޝަންތައް ކުރިޔަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކި ދުވަސްވަރު…