ސައިކަލެއްގެ މަޑިދަށުން 1 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ
މާލޭގެ މަގެއްގައި ޕާރކް ކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުގައި ފޮރުވާފައި ހުރި 1 ކިލޯއަށް ވުރެ މަސްތުވާތަކެތި ފުލުހުން ހޯދައިފިއެވެ. މިތަކެތި އަތުލައިގެންފައި ވަނީ މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ހުރިކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. މިތަކެތި ހޯދާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ފެނުނު ސައިކަލު ޓޯވކޮށް މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަކަމަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް…









