ސަން ސިޔާމުގެ ޕާސްޕޯޓު ހިފަހައްޓައިފި
ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ އިސްވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ. ސިޔާމްގެ ޕާސްޕޯޓު ހިފޭއްޓުމަށް ސިވިލް ކޯޓުން އަމުރު ނެރުނީ ނ. އަތޮޅުގައި ހިންގަމުން ގެންދާ އިރުފުށި، ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައާ ގުޅިގެންނެވެ. އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްއިން ބާތިލުކުރީ މީގެ އަހަރުތަކެއް ކުރިން 2013 ވަނަ އަހަރުގަ އެވެ. އެ އެއްބަސްވުން…