ގަވާއިދާ ޚިލާފަށް ބަނގުލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި
ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބަނގުލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސޮފިޤުލް އިސްލާމް، ބަންގްލަދޭޝް (44އ) އެވެ. އޭނާ މިހާރު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ފުލުހުން އިތުރަށް ބުނީ މާރިޗު 5 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކޮށް އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރުމުގެ ތެރެއިން، 18…









