އަނެއްކާވެސް ސަލްޓަން ޕާކު މަރާމާތު ކުރަން، ވަކި ވަގުތެއްގައި ބަންދުކުރަނީ
ސަލްޓަން ޕާކު މަރާމާތު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ވަކި ވަގުތުތަކެއްގައި އެ ޕާކު ބަންދުކުރަން ނިންމައިފައިވާ ކަމަށް އާބަން ޑިވެލޮޕްމަންޓުން މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާންގައި ބުނެފައިވަނީ ސަލްޓަން ޕާކު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް މިއަދުން ފެށިގެން ކުރާނެ ކަމަށެވެ. އެހެންވެ، މަސައްކަތް ކުރިއަށްގެންދާއިރު ކޮންމެ ދުވަހަކު އިރުއޮއްސި 18:00 އިން ފެށިގެން އާންމުންނަށް ޕާކު ބަންދު ކުރާނެ ކަމަށް އިއުލާނުގައިވެއެވެ. އެހެންވެ، އެ…









