ރައީސް ލިވަރޕޫލްގައި ތަޢުލީމު ޙާޞިލު ކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ލިވަރޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރިވަރުންގެ ތަޢުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، އެ ދަރިވަރުންގެ ތަޖުރިބާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މަތީ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމުގެ ޔަޤީންކަން ދަރިވަރުންނަށް ދެއްވާފައިވެއެވެ. "ދިވެހި ދަރިވަރުންނާ މިގޮތަށް ބައްދަލުކޮށްލެވުނީތީ ވަރަށް އުފާވެއްޖެ. އަދި އެ ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރުމުގައި…