ރާއްޖޭގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށްޓަކާ، ހޭދަކުރަންޖެހޭ ވަގުތާ ހަކަތައިގެ މިންވަރު ބޮޑު: ރައީސް
ރާއްޖޭގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށްޓަކާ، ހޭދަކުރަންޖެހޭ ވަގުތާ ހަކަތައިގެ މިންވަރު ބޮޑު ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ޖުމުހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ސިޔާސީ ފަލްސަފާ އަކީ، ދެބަސްވުމަށް އެއްބަސްވުން ކަމަށާއި ހުރި ތަފާތުތަކާ، ފުށުއެރުމާ، ފަރަގުތައް ހިފައިގެން ވެސް އެކުގައި ކުރިއަށް ދިއުން ކަމަށެވެ. އަދި އިޖުތިމާއީ މަސްލަހަތު ހިފަހައްޓައި ދެމެހެއްޓުމަށް ވޭތުވެދިޔަ 3 އަހަރު ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށާއި ކުރިއަށް އޮތް ދެއަހަރު…









