މިމަހުގެ މިހާތަނަށް އެއްލައްކަ ވިހިހާސް ފަތުރުވެރިން ރާއްޖެ އައިސްފި
މިމަހުގެ މިހާތަނަށް ރާއްޖެއަށް 120،529 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ނިމުނު ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 101،818 ފަތުރުވެރިންނެވެ. 2020 ވަނަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް އައިސްފައިވަނީ 6500 ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 732،896 އަކަށް އަރާފައެވެ. 2020 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 391،069 ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުން ދަނީ…