އަލްޖީރިއާގައި ބާއްވާ ގުރުއާން މުބާރާތެއްގައި ބައިވެރިވުމަށް ހުޅުވާލައިފި
"21 ވަނަ އަލްޖީރިއާ ހޮލީ ޤުރްއާން ރިސައިޓޭޝަން އިންޓަރނޭޝަނަލް ޕްރައިޒް" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، 14 ޖަނަވަރީ 2026 ގެ ނިޔަލަށް އުމުރުން 25 އަހަރު ނުފުރޭ ފަރާތަކަށްވުމާއި، ތަޖުވީދުގެ ހަމަތަކާއެކު ފަރިތަކޮށް ކީރިތި ޤުރުއާން ނުބަލައި ކިޔަވަން އެނގުމާއި، ދުނިޔޭގެ މަޝްހޫރު ޤާރީއެއްކަމުގައި ނުވުމުގެ އިތުރުން އަލްޖީރިއާ ހޮލީ ޤުރުއާން…









