ދިވެހި ފުލުހުން އިންސްޕެކްޓަރ ކޯހުގެ ފަސްވަނަ ބުރު ނިންމާލައިފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަން ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ތަމްރީނު ދިނުމަށް ކުރިއަށް ގެންދާ އިންސްޕެކްޓަރ ކޯހުގެ 5 ވަނަ ބުރު ނިންމައި ދަސްވެނިންނަށް ސެޓްފިކެޓް ދީފިއެވެ. މި ރަސްމިއްޔާތު މިއަދު ބާއްވާފައިވަނީ އިސްކަންދަރު ބިލްޑިންގގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް…









