ދެން ބިޒުނަސް ވިސާ އަށް އެދެން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ ޕޯޓަލް މެދުވެރިކޮށް
އިކޮނޮމިކް މިނިސްޓްރީ ޕޯޓަލް މެދުވެރިކޮށް ބިޒުނަސް ވިސާ އަށް އެދެން ޖެހޭ ގޮތަށް ހަދައިފިއެވެ. މީގެ ކުރިން އޮންނަނީ އިމިގްރޭޝަން މެދުވެރިކޮށް ވިސާއަށް އެދޭގޮތަށެވެ. ނަމަވެސް މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ވިސާއަށް އެދެން ޖެހޭ ގޮތަށް އެމިނިސްޓްރީގެ ގަވާއިދު ވަނީ ބަދަލުކޮށްފައެވެ. މިގޮތަށް މި އުސޫލު ބަދަލުކޮށްފައިވިއަސް ރާއްޖޭގައި ވިޔަފާރިކުރަން ޝަރުތު ހަމަނުވާ މީހުންނަށް ބިޒްނަސް ވިސާ ނުދިނުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ. ބިޒްނަސް ވިސާއަށް އެދުމަށް މިހާރު…









