މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
މިއަހަރުގެ އޯ-ލެވެލް އިމްތިހާނުގެ ނަތީޖާ މިހާރު އިމްތިހާނު ސެންޓަރު ތަކުން ދޫކުރަން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހާމަކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެސް.އެސް.ސީގެ ނަތީޖާ މިއަދު 13:00 ގައި އިމްތިޙާނު ސެންޓަރުތަކަށް ލިބޭނެ.ކަމަށެވެ. އަދި ސެންޓަރުތަކަށް ނަތީޖާ ލިބުމާއެކު ނަތީޖާ ދޫކުރުމުގެ ކަންކަން ސެންޓަރުތަކުން އިންތިޒާމުކުރާ ގޮތެއްގެ މަތީން ކުރިޔަށްދާނެ ކަމަށް ވެސް މިނިސްޓްރީން ހާމަކުރެއެވެ. 5000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ކުރިއަށްގެންދިޔަ މިއަހަރުގެ އޯލެވެލް އިމްތިހާނު ނިންމާލާފައިވަނީ ޖޫން މަހުގެ އެގާރަ ވަނަ…