ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި
ތިނަދޫގައި ހުންނަ ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވައިފި އެވެ. އެތަން ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ. ތިނަދޫ ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ހުޅުވީ އެ ހޮސްޕިޓަލަށް 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފުލާއެއްގަ އެވެ. މި ސަރުކާރުން ވަނީ ލޭ ހޯދުން ފަސޭހަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބްލަށް ބޭންކް ގާއިމު ކުރަން ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ތިނަދޫގައި ޓާޝަރީ…