ބީއެމްއެލް އިން ނަގާ ފީއާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓު ކާޑުތަކުން ބައެއް ވެބްސައިޓުތަކުން ވިޔަފާރިކުރާއިރު %30 ގެ ފީއެއް ނެގުމަށް ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ. މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރެވެ. މައުރޫފްގެ މައްސަލައިގައި އޭނާ އެދިވަޑައިގެންފައި ވަނީ އެ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށެވެ. އެ މައްސަލައަށް މަޖިލީހުގައި ބަހުސް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފާސް ކުރުމުންނެވެ.…