ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ފަށައިފި
ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްކޮށް، އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތް މީގެ ކުރިން ބިނާކުރުމަށް ހަމަޖެއްސީ ބާ ޖަމާލުއްދީނުގެ ބިމުގަ އެވެ. އެހެން ނަމަވެސް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސްކޫލް ބިނާކުރުމަށް ޖާގަ ތަނަވަސް ބިމެއް ކަމަށްވާ 386 ކޮށި ހަމަޖައްސަވައިދެއްވާފަ އެވެ. މި ސްކޫލުގެ ޢަމަލީ މަސައްކަތް ފެށުމަށް…