ކަނޑާލި މުވައްޒަފުންނަށް އެޗްޑީސީން އަލުން ވަޒީފާދީފި
"ބިންވެރިޔާ" ސްކީމްގެ ދަށުން ނުހައްގުން ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާތަކުން ކަނޑާލި 15 މުވައްޒަފުންނަށް އަލުން ވަޒީފާ ދީފި އެވެ. މިދިޔަ އާދީއްތަ ދުވަހު ވަޒީފާ އިން ކަނޑާލި މުވައްޒަފުންގެ ތެރޭގައި ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ހިމެނެ އެވެ. އެ މީހުންގެ ވަޒީފާ އަލުން ރުޖޫއަކޮށް ދިން އިރު، ތުހުމަތުތަކުގެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ 15 މުވައްޒަފުން ހިމެނޭ 20 މީހެއްގެ…









