ރައީސް ސޯލިހު ސްވިޒަލޭންޑުގެ ރައީސާއި ބައްދަލުކުރައްވައިފި
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް، ގައި ޕާރމެލިން އާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ސްވިޒަރލެންޑް(ސްވިސް ކޮންފެޑެރޭޝަން)ގެ ރައީސް، ގައި ޕާރމެލިން އާ ބައްދަލުކުރައްވައިފި އެވެ.
ހަރުކަށި ފިކުރުން ދީން މާނަކުރުމުގެ ނުރައްކަލަށް ބަލަހައްޓައިގެން ތިބެވޭކަށް ނެތް ކަމަށް ރައީސުލްޖުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އ.ދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތަކާއި ގޮންޖެހުމުގެ ވާހަކަތަކުން ފަށާނަމަ، ލިސްޓުގެ ކުރި ހޯދާނީ ޓެރަރިޒަމް ކަމަށާއި ދިވެހިރާއްޖެއަކީ ފެށުނީއްސުރެ މެދުމިނުގެ ދީނީ ޢަގީދާ ގަބޫލުކުރާ ގައުމެއް ކަމަށެވެ. ނަމަވެސް ހަރުކަށި ފިކުރުން މި ކުޑަކުޑަ ރާއްޖެވެސް ސަލާމަތެއްނުވި ކަމަށާއި މި އަހަރުގެ…
މިއަހަރުގެ ޖޫން މަހު ބޭއްވި އެޗްއެސްސީ އިމްތިހާނުގެ ނަތީޖާ ދޫކުރާއިރު އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން މި ހިނގާ ސެޕްޓެމްބަރު މަހު ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހު ޓީޗަރ ބޭސްޑް އެސެސްމަންޓް ހެދި ދަރިވަރުންނަށް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެފިއެވެ. އެ ޑިޕާޓްމަންޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އިމްތިހާނު ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް އެދި ހުށަހެޅުމުން އެ ދަރިވަރުގެ…
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އާއިލާއާއިއެކު އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވުމަށްފަހު 2018 ވަނަ އަހަރުގެ ބޭއްވި އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ވުމާއިއެކު، ރާއްޖެ ވަޑައިގެންނެވީ ދިފާއީ ވަޒީރުކަން ދެއްވާނެ ކަމަށް ރައީސް ސޯލިވު ވިދާޅުވުމުންކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އިންޓަރޕޯލް ސެކިއުއަރ އިންފޮމޭޝަން ނެޓްވޯކްގެ އެކްސެސް ދިނުމުގެ އެއްބަސްވުމުގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލޭގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ (އެން.ސީ.ބީ) މާލެ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ…
މާލޭގައި ހުރި އެންމެ ބޮޑު ސިނަމާ، އޮލިމްޕަސް ބަންދުކުރީ ކޮވިޑް-19 ފެތުރެން ފެށުމާއިއެކު މިދިޔަ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. އޭރު ރާއްޖޭގެ މަޝްހޫރު އެކްޓަރު އަލީ ސީޒަންގެ "އަނދިރިކަން" ދިޔައީ ސިނަމާގައި ދައްކަމުންނެވެ. އެހެންނަމެސް އެކަށީގެންވާ އަދަދަކަށް ޝޯތައް ނުދެއްކި އުޅެނިކޮށް ސިނަމާއިން ފިލްމު ނަގަން ޖެހުނެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ސިނަމާ ހުރީ ބަންދުކޮށްފަ އެވެ.
ފުލުހަށް ގެންދާ ކުޑަކުދިންގެ ތައުލީމީ ކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ. ސެންޓްރަލް ޕޮލިސް ޑިވިޜަންގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ކުޑަކުދިންގެ ތައުލީމީ ކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކުޑަކުދިންގެ ހައްގުތަކާ ބެހޭ…
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަން ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ފިޔަވަތިން ނެރެގެން މިއަދު ގެންދިޔައީ ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ކުއްޖެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.