ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް ނާންނާނެ ގޮތަށް ހުރިހާ ގައުމުތަކާއެކުވެސް ގުޅުން ބަދަހިކުރާނަން: ރައީސް
ރާއްޖޭގެ އަވަށްޓެރި ގައުމުތަކަކީ އެންމެ ގާތް ރަހުމަތްތެރިން ކަމުގައި ވީނަމަވެސް، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް ނާންނާނެ ގޮތަށް ހުރިހާ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް، ދިވެހިންނަށް މަންފާކުރާނެ ހުރިހާ މަގެއް ތަނަވަސްކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެސްޓޯނިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުގައި ރައީސް އިތުރަށް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ވިދާޅުވަމުން ގެންދަވާ ފަދައިން، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ މަސްލަހަތު…