އަކްރަމާއި 3 މީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި
"ގެދޮރުވެރިޔާ" ސްކީމްގެ ތެރެއިން ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާތީ ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށް ދޭން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ) އިން މިއަދު ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. އޭސީސީން ބުނީ، ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ، ފުރަތަމަ 4000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ވަކި ފަރާތްތަކެއް ހިމަނައި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާއެއް ހޯދައި ދީފައިވާކަން އެ ކޮމިޝަނާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުން އެނގިފައިވާ…









