އެމްއެމްއޭ ގަވަރުނަރުކަމަށް މުނައްވަރު އައްޔަނުކުރަނީ
ދިވެހިރާއްޖޭގެ މާލީ އިދާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ލަފާއަކަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ. ގަވަރުނަރުގެ މަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރަން ރައީސް މުއިއްޒު އަށް ލަފާދޭން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފައިވާއިރު ރައީސް އޮފީހުން މިއަދު ބުނީ، ގަވަރުނަރުކަމުން ހާޝިމް ވަކިކޮށްފައިވާ ކަމަށެވެ. ހާޝިމް މަގާމުން ވަކިކުރަން…