ނަރުހުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފި
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފިއެވެ. މޭ 11 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ އިވެންޓްތައް ބާއްވާފައިވަނީ ކ.ގިރިފުށީގައެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފް މެޑިކަލް ކޯރއިން އިސްނަގައިގެން، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޓީމް ބިލްޑިންގްއާއި ލީޑަރޝިޕާ ގުޅުންހުރި ހަރަކާތްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މާލެ ސިޓީގެ ހޮސްޕިޓަލްތަކުންނާއި، އެމްއެންޔޫގެ ސްކޫލު އޮފް ނާސިންއާއި،…