އިސްލާމިކް މިނިސްޓްރީގެ އައު ވެބްސައިޓު އިފުތިތާޙުކޮށްފި
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓު އިފުތިތާޙުކޮށްފިއެވެ. މި ކަމަށްޓަކައި ހުކުރު ދުވަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވެބްސައިޓު ލޯންޗުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ވަޒީރުގެ އަރިހުގައި ވުޒާރާގެ އިސް ބައެއް ބޭފުޅުންނާއި ގިނަ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓުގައި ވުޒާރާގެ އެކި ސެކްޝަންތަކުގެ މައުލޫމާތާއި އެކި ކަންކަމާ ގުޅޭ ފޯމުތައް ލިބޭން ހުރެއެވެ. އަދި ހުކުރު ޚުޠުބާތަކާއި ޚުޠުބާ ފޮތްތައް…