އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުން ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ޖާގަ ދެނީ
ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށާއި އެންމެ އަވަހަށް ފަށާ ހައުސިން މަޝްރޫއުތަކުންވެސް އެކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށަައިގެން ކުރިއަށް ގެންދާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރީންގެ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން އެ ދާއިރާގައި މަސައްކަތްކުރާ މީހަކު…