މިހާތަނަށް މަޖިލީސް އިންތިޚާބުގައި ވާދަކުރަން ކުރިމަތިލީ 15 މީހުން: އީސީ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް އަދި މިހާތަނަށް ލިބިފައިވަނީ 15 މީހެއްގެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދާ ހަމައަށް 15 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. ބުދަ ދުވަހު އެކަނި ވެސް 4 ފޯމު ލިބިފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެމްބަރުން އިންތިޚާބު…