ސަރުކާރުގެ އެޖެންޑާ ހާމަކުރައްވައި ރައީސް އެދިވަޑައިގަތީ އިންޑިއާގެ އިންވެސްޓަރުންގެ އެހީއަށް!
އިންޑިއާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ދައުވަތު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ. ރައީސް މިގޮތަށް ވިދާޅުވީ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ވެރިރަށް ނިއުދިއްލީގައި ބޭއްވި "އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް" ގައި ތަގްރީރު ކުރައްވަމުންނެވެ. މި ފޯރަމްގައި ރައީސް ކުރެއްވި ތަގުރީރުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި ކުރިއަށް އޮތް ތަނުގައި ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ. ރާއްޖޭގެ އިގްތިސާދީ ތަރައްގީގައި އިންޑިއާ އަދާކުރާ މުހިންމު…