މާލޭގައި މިވަގުތު ތިއްބެވި ޕީޕީއެމްގެ ރައީސުންނާއި ލީޑަރޝިޕުން ބައްދަލުކޮށްފި
މާލޭގައި މިވަގުތު ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ ރައީސުންނާއި މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ބައްދަލު ކުރައްވައިފިއެވެ. މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި ކައުންސިލްތަކުގެ ރައީސުންވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުޙައްގުން މިސަރުކާރުން ދެމުންގެންދާ އަނިޔާ ކުށްވެރި ކުރައްވާފައެވެ. އަދި ރައީސް ޔާމީނަށްކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި މިހާރު ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯތަކުންވެސް އެހުކުމަށް ސަރުކާރުގެ ތެރެއިން ނުފޫޒު ފޯރުވާފައިވާ މިންވަރު ހާމަވާކަން ފާހަގަކޮށްފައެވެ. އަދި މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލަން…