އިންފްލުއެންޒާގެ ކޭސްތައް މިދިޔަ މަހު ބޮޑުތަނުން ދަށްވެއްޖެ
އިންފްލުއެންޒާގެ ކޭސްތައް މިދިޔަ މަހު ބޮޑުތަނުން ދަށްވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ތަފާސް ހިސާބުތައް ދައްކާގޮތުން ނޮވެމްބަރުމަހު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވަނީ 104 މީހުންނެވެ. މިއީ ނިމުނު ނޮވެމްބަރުމަހު އިންފްލުއެންޒާ އަށް ޓެސްޓުކުރި 685 މީހުންގެ ތެރެއިންނެވެ. މަހުން މަހަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާއްމު ކުރަމުންދާ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް މިއަހަރު އެންމެ ގިނަ ބަޔަކަށް އިންފްލުއެންޒާ ޖެހިފައިވަނީ އޮކުޓޫބަރު މަހުއެވެ. އެގޮތުން އޮކްޓޫބަރު މަހު އެކަނިވެސް ވަނީ 598 މީހުން އިންފްލުއެންޒާއަށް…