ކިޔަވައިދިނުމުގެ ޝައުގުވެރިކަމުގައި އޭ ލެވެލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ސްކޮލަރޝިޕް
ޤައުމީ ޔުނިވަރސިޓީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މުދައްރިސުން ތަމްރީން ކުރުމަށް ފަށާ ޚާއްސަ ޕްރޮގްރާމެއްގެ ދަށުން، ކިޔަވައިދިނުމުގެ ޝައުގުވެރިކަމުގައި އޭ ލެވެލަށް ކިޔަވަން ފަށާ 135 ދަރިވަރުންނަށް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްފިއެވެ. މިއީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނަ މުދައްރިސުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއުގެ އިތުރުން އެހެން މިނިސްޓަރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ކޮންމެ ސްކޫލަކުން…









