ކަސްޓަމްސް އިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިވަނީ
ކަސްޓަމްސްގެ މިއަހަރުގެ އަހަރީ ދުވަހާއި ގުޅިގެން އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު(އެޗްޕީއެސްއެން) އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީ އާއި އެކު މަޝްވަރާކޮށްފިއެވެ. މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސްގެ މި ނިންމުމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަސްޓަމްސްގެ…