ފަތުރުވެރިކަން ހަރުދަނާކުރުމަށް ބްރިޓިޝް އެއާވޭސް އާއެކު މަޝްވަރާކޮށްފި
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމާއި، ބްރިޓިޝް އެއާވޭސްއިން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ލިބޭ ތަޖުރިބާ ރަނގަޅުކުރުމުގެ މަގުތައް ހޯދުމަށް، ވޯލްޑް ޓްރެވަލް މާކެޓް 2025 ގައި ބްރިޓިޝް އެއާވޭސްގެ އިސްވެރިންނާ އެކު މަޝްވަރާކުރައްވައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި، އިތުރު ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުން ބޭއްވުނީ، ކޮންމެ އަހަރަކު ލަންޑަންގައި ބާއްވަމުންދާ ދުނިޔޭގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ…









