ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެއްޗެވެ. އަދި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ޗައިއޮން، ބަންގްލަދޭޝް (34އ) ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. ފުލުހުން ބުނީ…









