އައްޑޫގެ ކަރަންޓު މައްސަލަ ހައްލުކުރުން ޗައިނާ ކުންފުންޏަކަށް
އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުން ޗައިނާ ކުންފުންޏަކާ ހަވާލު ކޮށްފިއެވެ. މި މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ އެވެ. ޑޮންފެން އިލެކްޓްރިކް (ޑީއީސީ)އާއެކު ވީ އެއްބަސްވުމުގައި ސޮއިކުރުމަށް ފެނަކައިގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދެވެ. ޑޮންފެންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ސެން ޖޮން ކިމް އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ…