ރަޝިއާއިން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ކޮންސިއުލަރ ޖެނެރަލެއް އައްޔަންކޮށްފި
ރަޝިއާއިން ވަނީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ކޮންސިއުލަރ ޖެނެރަލެއް އައްޔަންކޮށްފިއެވެ. ރަޝިއާގެ ކޮންސިއުލަރ ޖެނެރަލްގެ މަގާމަށް އައްޔަންކޮށްފައިވާ އަލެކްސެއި އެމް. އިޑަމްކިންގެ ކޮންސިއުލަރ ކޮމިޝަން ސިޓީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލަށް ވަނީ އަރުވާފައެވެ. ސިޓީ އެރުވުމަށްފަހު، ފޮރިން މިނިސްޓަރާއި އިޑަމްކިން ބޭއްވި ބައްދަލުވުމުގައި ވަނީ ދިވެހިރާއްޖެއާއި ރަޝިއާގެ ގުޅުން އިތުރަށް ބަދަހިކުރާނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައެވެ. މިނިސްޓަރ ޚަލީލް ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް އިޑަމްކިންއަށް މަރުހަބާ ވިދާޅުވެފައެވެ. ރާއްޖެއަށް…