މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ
ފުލުހުން ތަހުގީގުކުރަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން މިއަދު އިއުލާނުކޮށްފިއެވެ. ފުލުހުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ މަކަރާއި ހީލަތުން ފައިސާ ހޯދައިފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފަށާފައިވާ ކަމަށެވެ. އެ މައްސަލައިގައި ހޯދަން އިއުލާނުކުރީ، އުމުރުން 28 އަހަރުގެ ޙުސައިން ޖަޒްލާން، ކ. މާލެ / ދަފުތަރު ނަންބަރު 1817 އެވެ. އެ މީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވި ނަމަވެސް އުޅޭ ވަކި ތަނެއް ނޭނގުމުގެ…