އިސްރާއާއި މިޢުރާޖުގެ މަތިވެރި ޙާދިސާއިން ޢިބުރަތް ލިބިގަންނަން ޖެހޭ: ޚުތުބާ
ކީރިތި ރަސޫލާގެ ސީރަތަކީ މުސްލިމުން އޭގެއިން ގިނަގުނަ ޢިބުރަތްތަކެއް ލިބިގަންނަންޖެހޭ ފިލާވަޅުތަކަކުން ފުރިގެންވާ ސީރަތެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް" މިއެވެ. މި ދަތުރުފުޅުގެ މުހިންމުކަން ފާހަގަކުރައްވައި ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މާތްﷲ އެކަލާނގެ ރަސޫލާ މަސްޖިދުލް ޙަރާމުން މަސްޖިދުލް އަޤްޞާއަށް ގެންދަވައި، އެތަނުން ސިދްރަތުލް މުންތަހާއަށް ގެންދެވި ކަމަށެވެ. އަދި އެތަނުން މާތްﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް އެކަލޭގެފާނަށް ދެއްކެވިއެވެ. ޙާދިސާއިން ލިބިގެންދިޔަ އެންމެ ބޮޑު…









