ފުލުހުންނަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި
ފުލުހުންނަށް މަރުގެ އިންޒާރު ދިން އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައި ވަނީ ސާހިލް، އަހުމަދު އިފްސާލް، 24، އެވެ. ފުލުހުންނަށް އޭނަ މަރުގެ އިންޒާރު ދިން މައްސަލައިގައި ކްރިނިމަލް ކޯޓުން އިއްޔެ ބަންދަށް 16 ދުވަސް ޖަހާފައިވާ އިރު، ބަންދު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އިފްސާލް ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އެކަމާ ގުޅިގެން އޭނަ ބުނެފައި ވަނީ ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގީ ފުލުހުން އަމަލުކުރި ގޮތުގެ ސަބަބުން ކަމަށާއި…









