ކައްދޫ އެކްސިޑެންޓާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި
ރޭ ލ. ކައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ބުނީ މި މައްސަލައާއިި ގުޅިގެން ރޭގެ ވަގުތެއްގައި 27 އަހަރުގެ ދިވެހި ފިިރިހެނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 19:18 ހާއިރު ފޮނަދޫން ގަމަށް ދަތުރު ކުރި ސައިކަލެއް ކައްދޫ އެއާޕޯޓަށް ދާން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި…









