ސޯލިހުގެ މައްޗަށް ތަހުގީގު ހިންގަން އުޅެނީ ބިރުދައްކަން
ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އުޅެނީ ސިޔާސީ ގޮތުން ބިރު ދެއްކުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފި އެވެ. މަޖިލީހުން މިއަދު ފާސްކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކަށް ބަދަލުދިން މައްސަލާގައި ކުރީގެ ރައީސް ސޯލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު…