ފުވައްމުލަކުގެ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި އެވެ. މި ފެސިލިޓީ ހުޅުވީ ފުވައްމުލައް ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބެވެ. މި ރަސްމިއްޔާތުގައި ސްޓޭޓް މިނިސްޓަރު މުއްތަލިބާއި، މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ފުވައްމުލަކު…









