ސްޓެލްކޯ އިން ގޮގޯރޯގެ ބެޓްރި ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށް، ބެޓެރި ސައިކަލު ގެންނަނީ
ސްޓެލްކޯ އިން ޓައިވާނުގެ ގޮގޯރޯ ބްރޭންޑުގެ އެޑްވާންސްޑް ބެޓެރި މެނޭޖުމެންޓު ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށް، ބެޓެރި ސައިކަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ. ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޮގޯރޯގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ ކަމަށެވެ. އެއާއެކު އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުސަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވި…